އަހަން

"އަހަން" އަކީ ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމުގައި މުޖުތަމައުގައި ހަރަކާތްތެރިވާ ހުރިހާ ދާއިރާތަކެއްގެ ހިއްސާ ބަޔާންކޮށްދީ، ކޮންމެ ފަންތިއެއްގައިވެސް ކުޑަކުދިން ރައްކާތެރި ކުރުމުގެ ޒިންމާ އޮތް މިންވަރު ހާމަކޮށްދީ، ކުޑަކުދިންނަށް އަމާން ވެށްޓެއް ޤާއިމް ކޮށްދިނުމުގެ ވިސްނުން ކުރިއަށް ނެރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އާއި ޔުނިސެފްގުޅިގެން ކުރިއަށްގެންދެވޭ ކެމްޕެއިންއެކެވެ. މި ކެމްޕެއިންގެ ސަބަބުން ކުއްޖާއާއި، އޭނާގެ އާއިލާ، އަދި ވަށައިގެންވާ މުޖުތަމައު ކަމާބެހޭ ފަރާތްތަކާ ގުޅުވާލައިދޭ، ކުޑަކުދީންނަށް ރައްކާތެރިކަން ލިބޭނެ އިޖްތިމާއީ ވިއުގައެއް ޤާއިމްވާނެއެވެ. 

މި ވިއުގައިގެ ދަށުން ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ކުއްޖާގެ އާއިލާއާއި، މުޖުތަމައާއި ސަރުކާރުގެ ޒިންމާތަކެއް ވެއެވެ. އެގޮތުން ކުއްޖާގެ ހެދިބޮޑުވުމަށް އެންމެ އެކަށީގެންވާ މާހައުލެއް ޤާއިމްކޮށްދިނުމާއި ހަރުދަނާ ތަރުބިއްޔަތެއް ފޯރުކޮށްދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރާނީ އާއިލާއިންނެވެ. އާއިލާއެކޭ އެއްފަދައިން ކުއްޖާ ދިރިއުޅޭ މާޙައުލަކީ އަމާން، ރައްކާތެރި މާހައުލަކަށް ހެދުމަކީ މުޖުތަމަޢުގެ ހުރިހާ ފަރުދުންނައި ޖަމާއަތްތަކުގެ ޒިންމާއެކެވެ. ހަމައެފަދައިން، ކުޑަކުދީން ރައްކާތެރިކުރުމުގައި ސަރުކާރުގެ ޒިންމާ ވަރަށް ބޮޑެވެ. އެގޮތުން ވެކްސިން ދިނުމުގައްޔާއި ރޯގާއާއި ބަލިމަޑުކަމުގެ ހާލަތުގައި ފަރުވާ ފޯރުކޯށްދިނުމުގައި ކުޑަކުދިންނަށް އިސްކަން ދޭންޖެހެއެވެ. އަދި ކުދިންނަށް ތައުލީމާއި، ތަރުބިއްޔަތު ދޭނެ އިންތިޒާމް ހަމަޖައްސައިދިނުމާއި، ކުޅިވަރުކުޅޭ ތަންތަން ތައްޔާރުކުރުމަކީވެސް ސަރުކާރުގެ ޒިންމާއެކެވެ.އަދި ޔަތީމުކުދިންނާއި، މިސްކީނު ކުދިންގެ އިތުރުން ނިކަމެތިކަން އިޙްސާސްކުރަމުންދާ ކުދިންގެ ހައްގުތަކަށް ހާއްސަ ސަމާލުކަމެއް ސަރުކާރުން ދޭންޖެހެއެވެ.

ކުޑަކުދީންނަށް ކުރެވޭ ހާނިއްކައިގެ ބާވަތްތައް

ނަފްސާނީ ގޯނާ

ނަފްސާނީ ގޮތުން ކުއްޖާ ހެދިބޮޑުވުމަށް ހުރަސް އަޅާ ކަންތައްތައް. މީގެ ތެރޭގައި ޖެއްސުންކުރުން، މަލާމާތް ކުރުން، ބިރުގެންނެވުން ހިމެނޭ. (އިތުރު މައުލޫމާތު)

އިހުމާލުވުން

މައިންބަފައިން ނޫނީ ބެލެނެވެރިން ގަސްތުގައި ނުވަތަ ނޭންގިނަމަވެސް ހިންގާ، މިކަމުގެ ސަބަބުން ކުއްޖާގެ ނަފްސާނީ އަދި ޖިސްމާނީ ހެދުބޮޑުވުމަށް ގެއްލުން ލިބޭ ކޮންމެ ކަމެއް. (އިތުރު މައުލޫމާތު)

ޖިންސީ ގޯނާ

އެމީހެއްގެ މައްޗަށް ކުއްޖާކުރާ އިތުބާރާއި، އިހްތިރާމްގެ ނާޖާއިޒު ފައިދާ ނަގައިގެން ޖިންސީކަންކަމުގައި ކުއްޖާ މަސްއޫލު ކުރުން. (އިތުރު މައުލޫމާތު)

ޖިސްމާނީ

ކުއްޖާގެ ފުރާނައަށް ނޫނީ ގަޔަށް ގެއްލުންލިބޭފަދަ ނޫނީ ލިބިދާނެފަދަ ކަމެއް. (އިތުރު މައުލޫމާތު)